Last Updated: May 15, 06:48
Thursday, May 15, 2025
ޚަބަރު

ވެރިކަމަށް އަންނާކަށް މާ ބޮޑު ޝައުގެއް ނެތް

ރާއްޖޭގެ ވެރިކަމަށް އަންނަން މާ ބޮޑު ޝައުގުވެރި ކަމެއް ނެތް ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ) ލީޑަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމު) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު ރާއްޖެ ޓީވީގައި ވިދާޅުވީ 2028 ގެ ރިޔާސީ އިންތިހާބުގައި އޭނަ ވާދަކުރުމާ މެދު ގޮތެއް ނިންމުމުގެ ބާރު އޮތީ ރައްޔިތުންގެ އަތް މަތީގައި ކަމަށެވެ. ސިޔާމު ވިދާޅުވީ ވެރިކަން ކުރަން ބޭނުންވެއްޖެ ނަމަ އެކަން ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން ވެސް އޮތް ކަމަށެވެ.

އަދި މިހާތަނަށް ކާމިޔާބު ނޫން ސިޔާސީ އެއްވެސް ކެމްޕޭނެއް ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުން ނިންމަންވީ މިސާލަކަށް އަހްމަދު ސިޔާމް ތިމަންނަމެންގެ މި ގައުމު ހިންގައިދޭށޭ ފަސް އަހަރު. އިރާދު ކުރެއްވިއްޔާ އަޅުގަނޑު އެކަން ކޮށްދޭނަން،" ސިޔާމު ވިދާޅުވި އެވެ. "ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެއްވެސް ޒަމާނަކު ނުފެންނަ ވަރަކަށް ވާ ވަރަށް މަތީ ތަރައްގީ ގެނެސްދޭނަން އަޅުގަނޑު. އެކަމަކު އަޅުގަނޑު ހިތަކު ނެތް އަދި މާ ބޮޑަކަށް އެކަން ކުރާ އިންޓްރެސްޓެއް."

މިދިޔަ އަހަރު ރިޔާސީ އިންތިހާބުގައި އެމްޑީއޭގެ ފަރާތުން ވާދަކުރައްވަން ސިޔާމު ނިންމެވި އެވެ. ނަމަވެސް ފަހުން އެ ނިންމުން ބަދަލު ކުރައްވައި، އެމްޑީޕީގެ ކެންޑިޑޭޓް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ގެ ކެމްޕޭންގައި ސިޔާމު އުޅުއްވި އެވެ.

ނަމަވެސް އިންތިހާބުގެ ފުރަތަމަ ބުރުން އިބޫ ބަލިވެވަޑައިގަތުމުން ސިޔާމާއި އެމްޑީއޭ އެމްޑީޕީ ދޫކޮށް، މިހާރުގެ ރައީސް އަދި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަށް ތާއީދު ކުރެއްވި އެވެ.