ދޯހާ މެރަހަތަށް ދާން ފުރުސަތު ލިބުނު ނަސީބުވެރިން އުރީދޫން އިއުލާންކޮށްފި އެވެ.
އެ ނަސީބުވެރިންނަކީ މުހައްމަދު އަޒްހަދު އަހުމަދާއި ތޯރިގު މުހައްމަދެވެ.
ދޯހާ މެރަތަނަށް ދާން ފުރުސަތު ލިބޭ ލަކީ ޑްރޯ އަށް އުރީދޫން ހުޅުވައިލީ އޮކްޓޯބަތު 26 އޮކްޓޯބަރު އިން ފެށިގެން މިދިޔަ މަހުގެ 26 އަށެވެ.
މިއީ އުރީދޫ މޯލްޑިވްސްގެ ފަރާތުން ކަސްޓަމަރުންތަކެއް ދޯހާ މެރަތަނަށް ފޮނުވާ ދެވަނަ ފަހަރެވެ.
މި އަހަރުގެ މެރަތަން އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ 17 ގަ އެވެ. ދޯހާގެ ހޮޓެލް ޕާކްގައި އޮންނަ މެރަތަންގައި މި އަހަރު 15،000 މީހުން ބައިވެރިވާނެ ކަމަށް ބެލެވެ އެވެ.