Last Updated: May 12, 22:01
Monday, May 12, 2025
ޚަބަރު

ވިއްސާރައިގެ ގެއްލުން 1.1 މިލިއަނަށް ވުރެ ބޮޑު

ވިއްސާރައިގައި މިދިޔަ މަހުގެ ނިޔަލަށް ލިބުނު ގެއްލުން 1.1 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެތަނުން ބުނީ ނޮވެމްބަރު މަހުގެ ނިޔަލަށް ވިއްސާރާގައި ގެއްލުންވެގެން ލިބިގެން 10 ރަށަކުން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެގޮތުން 10 ރަށެއްގެ 110 ގެއަކަށް އެކިވަރުގެ ގެއްލުން ލިބިގެން ރިޕޯޓްކޮށްފައިވެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ޅ. ކުރެންދޫން 97 ގެއަކާއި ގދ. މަޑަވެލިން ތިން ގެއަކާއި ދ. ބަނޑިދޫން ދެ ގެއަކާއި އައްޑޫ ފޭދޫން ދެ ގެއަކާއި އައްޑޫ ހުޅުދޫން ގެއަކާއި މަރަދޫން ފޭދޫން ގެއަކާއި ދ. ހުޅުދެލިން ގެއަކާއި ހދ. ނެއްލައިދޫން ގެއަކާއި ނ. މާފަރުން ގެއެއްގެ އިތުރުން ރ. ރަސްމާދޫން ގެއެކެވެ.

އެންޑީއެމްއޭ އިން ބުނީ އެ ގެތަކަށް ލިބުނު ގެއްލުންތައް ވަޒަންކުރެވި ކާރިސާތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމާއި ކާރިސާތަކުން ލިބޭ ގެއްލުންތަކަށް އެހީދިނުމާއި ބެހޭ ގަވާއިދުގެ ދަށުން އެހީތެރިކަން ފޯރުކޮށް ދިނުމަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.