Last Updated: July 26, 11:51
Sunday, July 26, 2026
ޚަބަރު

ބޯކޮށް ވާރޭ ވެހޭނެތީ ދެކުނު ވައިޓް އެލާޓްގައި

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިއަދު ބޯކޮށް ވާރޭ ވެހޭނެތީ ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ އިދާރާ އިން އެ އެލާޓް ނެރެފައި ވަނީ ލ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށެވެ. އެއީ މެންދުރު 12:50 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށެވެ. އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކީ ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

މި ދުވަސްވަރަކީ މުޅި ރާއްޖެ އަށް ވެސް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން ވައި ގަދަކަމުން މުޅި ރާއްޖެ އަށް އޮތީ މެންދުރު ފަހު 3:00 އާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ.