Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ޕީޕީއެމް އުވާލަން ނިންމައިފި

ޕީޕީއެމް އުވާލުމަށް އެ ޕާޓީގެ ސެނެޓުން މިއަދު ނިންމައިފި އެވެ.

ރާއްޖޭގައި ކުރިން އެންމެ ނުފޫޒު ގަދަ އެއް ޕާޓީގެ ގޮތުގައި ފާހަގަކޮށްލެވުނު ޕީޕީއެމް އުވާލަން ނިންމީ މިއަދު ޕީއެންސީގެ އޮފީހުގައި ބޭއްވި ސެެނެޓް ބައްދަލުވުމުގައި ބައިވެރިވި 42 ސެނެޓަރުންގެ އިއްތިފާގުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ދެވަނަ އަށް އެންމެ ބޮޑު ޕާޓީގެ ގޮތުގައި ފާހަގަކޮށްލެވުނު ޕީޕީއެމުން މި ފަހުން 7،400 އަށް ވުރެ ގިނަ މެންބަރުން ވަކިވެފައިވެ އެވެ.

މިހާރު ޕީޕީއެމް އޮތީ ކުރިން އެ ޕާޓީގެ ހިޔަންޏެއްގެ ގޮތުގައި އޮތް ޕީއެންސީގެ ހިޔަންޏެއްގެ ގޮތުގަ އެވެ. އެގޮތުން ޕީއެންސީ ވެރިކަމަށް އައުމާ އެކީ ޕީއެމްއެމްގެ އަޑު އޮތީ އެއްކޮށް ކެނޑިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީއެންސީގެ ޓިކެޓްގައި މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމާ އެކީ ޕީއެންސީ ވަރުގަދަ ކުރަން ފެށި މަސައްކަތުން އެ ޕާޓީގެ މެމްބަރުންގެ އަދަދު މިހާރު 82،000 އަށް ވުރެ ގިނަ ކަމަށް ޕީއެންސީން ބުނެ އެވެ. ޕީއެންސީން މިހާރު އަމާޒު ހިފާފައި އޮތީ ރާއްޖޭގައި 100،000 މެމްބަރުން ހަމަވާ ފުރަތަމަ ޕާޓީއަކަށް އެ ޕާޓީ ހެދުމެވެ.