Last Updated: May 15, 09:36
Thursday, May 15, 2025
ޚަބަރު

ސްޕޯޓްސް ސްކޮލާޝިޕަށް ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އާ ގުޅިގެން ދެވަނަ އަހަރަކަށް ސްޕޯޓްސް ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ސްކޮލާޝިޕް ޕްރޮގްރާމުގެ އަމާޒަކީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުމެވެ.

ސްކޮލާޝިޕަށް ކުޅުންތެރިން ހޮވުމުގެ ކަންތައް ބަލަހައްޓާނީ އެމްއޯސީއިންނެވެ. އަދި އެމްއޯސީގެ މެމްބަރު އެސޯސިއޭޝަންތަކަށް ނޮމިނޭޝަން ހުޅުވާލެވޭނެ އެވެ. މި ސްކޮލާޝިޕްގެ ދަށުން ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުގެ ހައި ޕަރފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ހޮވޭ ކުޅުންތެރިންނަށް ލިބޭނެ އެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބެޗްގައި، ހަތަރު ކުޅިވަރަކުން ހަތް ކުޅުންތެރިން ކާމިޔާބުކަމާއެކު ތަމްރީނު ފުރިހަމަކޮށްފައިވެ އެވެ.