Last Updated: May 15, 06:48
Thursday, May 15, 2025
ޚަބަރު

ވާޖިން އެޓްލާންޓިކް ސީ-ޓު-އެއާ ކާގޯއާ ގުޅިއްޖެ

ރާއްޖޭގައި މިހާރު ފުޅާވަމުން އަންނަ ސީ-ޓު-އެއާ ކާގޯގެ ހިދުމަތާ އިނގިރޭސިވިލާތުގެ ވާޖިން އެޓްލާންޓިކް ވެސް ގުޅިއްޖެ އެެވެ.

މި އެއާލައިނަކީ މަޝްހޫރު އިނގިރޭސި ބިލިއަނަރު ރިޗަޑް ބްރޭންސަންގެ އެއާލައިނެކެވެ. ވާޖިން އެޓްލާންޓިކްވެފައި ވަނީ ސީ-ޓު-އެއާ ކާގޯގެ ހިދުމަތާ ގުޅުނު 12 ވަނަ އެއާލައިނަށެވެ.

މި އަހަރުގެ މާޗްގައި ފެށި މި ހިދުމަތަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕިއެލް) އާއި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ އިތުރުން އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބައިނަލްއަގުވާމީ ގުޅިގެން ފެށި ހިދުމަތެކެވެ.

ދާދި ފަހުން ޓްރާންްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ސީ-ޓު-އެއާ ކާގޯގެ ހިދުމަތުގެ ޑިމާންޑު ވަރަށް ބޮޑަށް އިތުރުވެ ފުޅާވަމުން އަންނަ ކަމަށެވެ. އެހެންވެ މިހާރި އެންމެ އިސްކަމެއް ދެނީ އެ ހިދުމަތް ރެގިއުލޭޓްކޮށް ފުޅާކުރަން ކަމަށް ވިދާޅުވި އެވެ.