Last Updated: July 16, 18:01
Thursday, July 16, 2026
މުނިފޫހިފިލުވުން

'ވަންވާސް' ގެ ޓްރެއިލާ އާންމުކޮށްފި

މި މަހުސިނަމާތަކަށް ގެންނަ ޑައިރެކްޓަރު އަނިލް ޝަރުމާގެ އާ ފިލްމު "ވަންވާސް" ގެ ރަސްމީ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

މިއީ ބައްޕައަކާއި ފިރިހެން ދަރިޔަކާ މެދު އޮންނަ ގުޅުން ދައްކުވައި ދޭނެ ވަރަށް ޖަޒުބާތީ އާއިލީ ޑްރާމާއެކެވެ. މި މަހުގެ 20 ގައި ބެލުންތެރިންނަށް ދޫކޮށްލަން ނިންމާފައިވާ "ވަންވާސް" ގެ މައިގަނޑު ތަރިންނަކީ ތަޖުރިބާކާރު އެކްޓަރު ނާނާ ޕަޓޭކަރްގެ އިތުރުން އަނިލްގެ ދަރިފުޅު އުތުކާޝް ޝަރުމާ އެވެ.

މިދިޔަ އަހަރު އޭނަ ގެނެސްދިން "ގަދަރު 2" ގައި ވެސް ޒުވާން އެކްޓަރު މުހިއްމު ރޯލެއް ކުޅެފައިވެ އެވެ. "ވަންވާސް" އަކީ ބައްޕައާ އެކީ އުތުކާޝް މަސައްކަތްކުރި ތިން ވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ "ގަދަރު 2" ގެ ފުރަތަމަ ބައި 2001 ގެ "ގަދަރު: އޭކް ޕްރޭމް ކަތާ" އެވެ. އޭގައި އުތުކާޝް ފެނިފައި ވަނީ ޗައިލްޑް އާޓިސްޓެއްގަ އެވެ.

ނަމަވެސް ލީޑިން އެކްޓަރެއްގެ ގޮތުގައި އޭނަ ތައާރަފުކުރީ އަނިލް 2018 ގައި ގެނެސްދިން "ޖީނިއަސް" އިންނެވެ.

މި އަހަރުގެ އެންމެ އުންމީދީ ބޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ވަންވާސް" ގައި އުތުކާޝްއާ އެކީ ބަތަލާއެއްގެ ގޮތުގައި ފެންނާނީ އޭނައާ އަކީ "ގަދަރު 2" ގައި ވެސް ބަތަލާގެ ރޯލު ކުޅުނު ސިމްރަތު ކޯރެވެ.

މީގެ އިތުރު ކާސްޓުންގެ ތެރޭގައި ރާޖްޕަލް ޔާދަވް އަދި ހުޝްބޫ ސުންދަރު ހިމެނެ އެވެ.