Last Updated: July 16, 18:01
Thursday, July 16, 2026
މުނިފޫހިފިލުވުން

އެލްޓަން ޖޯން "ލޯއަނދިރިވެއްޖެ"

އިނގިރޭސިވިލާތުގެ މިއުޒިކް ލެޖެންޑް، އެލްޓަން ޖޯންގެ ލޯ އަނދިރިވެފައިވާ ކަމަށް ބުނެފި އެވެ.

އޭނަ ބުނީ މި ފަހަކަށް އައިސް ކަނާތު ލޮލަށް އިންފެކްޝަނެއް ދިމާވެ، އެ ލޮލުގެ ހާލަތު ވަރަށް ބޮޑަށް ދަށްވެ، މިހާރު އެ ލޮލުން އެއްގޮތަކަށް ވެސް ނުފެންނަ ކަމަށެވެ. އަދި މިހާރު ވާތު ލޮލުގެ ހާލަތު ވެސް ވަރަށް ދަށް ކަމަށާއި މިހާރު އެ ލޮލުން ވެސް ފެންނަނީ ކިރިޔަކިރިޔާ ކަމަށް ދުނިޔޭގައި އުފެދުނު އެންމެ ކާމިޔާބު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ އެލްޓަން ޖޯން ބުންޏެވެ.

"ކޯލްޑް ހާޓް" އާއި "ޓައިނީ ޑާންސާ" ގެ އިތުރުން "ރޮކެޓް މޭން" ފަދަ މަގުބޫލު އެތައް ލަވައެއް ކިޔާފައިވާ ފަންނާނު ޑެއިލީ މެއިލް ބުނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ލަންޑަންގައި ބޭއްވި "ޑެވިލްސް ވެއާ ޕްރާޑާ" މިއުޒިކަލް ލޯންޗްކުރަން ބޭއްވި ހަފުލާގައި ވެސް އޭނަ އަށް އެކައްޗެއް ވެސް ނުފެންނަ ކަމަށެވެ.

"ލޮލުގެ ފެނުމެއް މިހާރަކު ނެތް. އެހެންވީމަ ދެން ކުރިއަށް އޮތް ތަނުގައި މިއުޒިކްގެ މަސައްކަތެއް ވެސް ނުކުރެވޭނެ ކަމަށް އަހަރެން ދެކެނީ." އެލްޓަން ޖޯން، 77، ބުންޏެވެ.

އޭނަ މިހާތަނަށް 31 އަލްބަމް ނެރެފައިވެ އެވެ. އެގޮތުން އެންމެ ފަހުން ނެރުނު އަލްބަމަކީ 2021 ގެ "ރެޖިމެންޓަލް ސާޖަންޓް، ޒިޕޯ" އެވެ. އެލްޓަންގެ ފުރަތަމަ އަލްބަމަކީ 1969 ގެ "އެމްޓީ ސްކައި" އެވެ.