Last Updated: May 15, 06:48
Thursday, May 15, 2025
ޚަބަރު

އެގްރޯނެޓް ހުއްޓާލައިފި!

ދަނޑުވެރިކަމުގެ ވިޔަފާރި އަށް ހާއްސަކޮށްގެން ކުރީގެ އުފެއްދި ކުންފުނި އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ހިންގުން އިއްޔެއިން ފެށިގެން ވަގުތީގޮ ތުން ހުޓާލައިފި އެވެ.

އެ ކުންފުނި އުފެއްދީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2020 ގަ އެވެ.

އެގްރޯނެޓް ކުންފުނިން ބުނީ އެ ކުންފުނީގެ މަސައްކަތްތައްއް މިދިޔަ މަހު 30 އިން ފެށިގެން ހުޢްޓާލާފައިވާ ކަމަށެވެ.

އެގްރޯނެޓް ހުއްޓާލައި އެ ކުންފުނި މިހާރު މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީއެފްސީޒެޑް) ގެ ދަށަށް ބަދަލު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އެގްރޯނެޓުން ބުނީ މިވަގުތު ދަނޑުވެރިންގެ އަތުން ތަކެތި ގަތުން ހުއްޓާލި ނަމަވެސް ކުންފުނީގައި ތިބި މުވައްޒަފުން ވަޒީފާއިން ވަކިނުކުރާ ކަމަށެވެ. މުވައްޒަފުންގެ އަދަދު 182 އަށް އަރަ އެވެ.

އެގްރޯނެޓް ހުއްޓާލި އިރު، މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި "އެގްރި ބޯޓް" ގެ ނަމުގައި ކުންފުނީގެ ބޯޓެއް ވެސް އިފުތިތާހުކޮށްފައިވެ އެވެ.