ސީ-ޓު-އެއާ ކާގޯ ހިދުމަތުން 1،000 ޓަނުގެ މުދާ އެކްސްޕޯޓްކޮށްފި އެވެ.
އެމްއެމްއޭސީއެލުން ބުނީ މި ހިދުމަތާއި ވާޖިން އެޓްލާންޓިކް މިއަދު ގުޅުމާއެކު، ސ-ީޓު-އެއާ ކާގޯ ޚިދުމަތު ގައި ޖުމްލަ 12 އެއާލައިނަކުން ބައިވެރިވެފައިވާ ކަމަށވެެ.
މި ޚިދުމަތަކީ އެމްޕީއެލް މެދުވެރިކޮށް ކަނޑުމަގުން ގެންނަ މުދާ ރައްކާތެރިކަމާއިއެކު އަވަހަށް ވައިގެ މަގުން ބޭނުންވާ މަންޒިލަށް ފޯރުކޮށްދިނުމަށް އެމްއޭސީއެލް އިން އަލަށް ފެށި ހިދުމަތެކެވެ.
މި އަހަރުގެ މެއިމަހުގެ ތެރޭގައި ފެށި މި ޚިދުމަތުގައި މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކޮށްފައި ވަނީ ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑުމަގުން އެތެރެކުރާ ގާމެންޓް ޝިޕްމެންޓްތައް ކަމަށް އެމްއޭސީއެލުން ބުނެ އެވެ.
އެމްއޭސީއެލް އިން ބުނީ އާ އެއާލައިންތަކުން އެ ހިދުމަތާއި ގުޅުމުން ވީއައިއޭގެ ކާގޯ ހިދުމަތް އިތުރަށް ފުޅާވާނެ ކަމަށެވެ. އެ ކުންފުނިން އެ ހިދުމަތާ އެކު އެއާޕޯޓުގެ ކާގޯ ހިދުމަތް ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށް ވެސް ބުންޏެވެ.
ދުނިޔޭގެ ކާގޯ ކަނެކްޓިވިޓީ ލޮޖިސްޓިކްސް ޗެއިންގައި ވެލާނާ އިންޓަނޭޝަން އެއާޕޯޓުގެ ހިއްސާ އޮތުމުގެ ފައިސާ އިގްތިސާދަށް ބޮޑު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.