Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ރާއްޖޭގައި ހުންނަ ޔޫކޭ ސަފީރުގެ ދައުރު ނިމުމަކަށް

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލާ، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި މި ބައްދަލުވުމުގައި އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ސަފީރު ކޮށްދެއްވި މަސައްކަތްޕުޅަށް ހާރިޖީ ވަޒީރު ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.

ކެރޮން ރޮސްލާ އަކީ ރާއްޖޭގައި ޤާއިމުވެ ހުންނަވާ ގޮތަށް އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައެޅި ފުރަތަމަ ސަފީރެވެ. އެކަމަނާ ސަފީރުކަމުގެ މަގާމާއި ހަވާލުވެވަޑައިގެންނެވީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު އެވެ.

އިނގިރޭސި ސަރުކާރުން ކުރިން ސަފީރުން ކަނޑައަޅުއްވަނީ ރާއްޖެއާއި ސްރީލަންކާގެ ކަންކަން ބަލަހައްޓަވާ ގޮތަށެވެ. އެ ބޭފުޅަކު ހުންނަވަނީ ވެސް ލަންކާގަ އެވެ.