Last Updated: May 12, 18:57
Monday, May 12, 2025
ޚަބަރު

ހުޅުމާލެ އިން ދިރިއުޅެން ބިންތަކެއް ވިއްކަނީ

ހުޅުމާލެއިން ދިރިއުޅުމަށް ބިންތަކެއް ވިއްކަން ހުޅުވާލައިފި އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ބީލަމުގެ އުސޫލުން ވިއްކައިލަން ހަމަޖެހިފައި ވަނީ 10 ބިމެއް ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ބީޗް ފްރޮންޓުން ވިއްކާ 1،638 އަކަފޫޓުގެ ތިން ބިމަކާއި 1،559 އަކަފޫޓުގެ ބިމެއްގެ އިތުރުން 3،250 އަކަފޫޓުގެ ބިމެކެވެ. މީގެ އިތުރުން، 1،534 އަކަފޫޓުގެ ފަސް ބިމަކާއި، 1،513 އަކަފޫޓުގެ ބިމެއްގެ އިތުރުން 1،230 އަކަފޫޓުގެ ބިމެއް ވިއްކަން ވަނީ ހުޅުވާލައފަ އެވެ.

އެޗްޑީސީން ބުނީ ބީޗް ފްރަންޓް ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،500ރ. ކަމަށެވެ.. އަދި ބީޗް ސައިޑުން ވިއްކާ ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،000ރ. އެވެ.

މި ބިންތަކަށް ޝައުގުވެރިވާ ފަރާތްތަކުން ބިންތައް ގަންނަން ހުށަހަޅާނީ އެޗްޑީސީގެ ޕޯޓަލް މެދުވެރިކޮށެވެ.