ޖޯނީ ޑެޕާ އެކީ އަލުން މަސައްކަތް ކުރަން ބޭނުންވާ ކަމަށާއި އެފަދަ ފުރުސަަތެއް ފަހިވާނެކަމުގެ އުންމީދު އޮތް ކަމަށް ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ޓިމް ބާޓން ބުނެފި އެވެ.
އިންޑީ ވަޔާ އަށް ދިން އިންޓަވިއުއެއްގައި ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ޑައިރެކްޓަރު ބުނީ ޑެޕާ އެކީ މަސައްކަތް ކުރަން ބޭނުންވާ ކަހަލަ ސްކްރިޕްޓަކާ ދިމާވި އިރަކުން އޭނަ އަށް ފިލްމެއް އޮފާކުރުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށެވެ. ނަމަވެސް ކުރިން ޑެޕާ އެކީ ހެދި އެއްވެސް ފިލްމެއްގެ ދެވަނަ ބައެއް ހަދަން ބޭނުން ނުވާ ކަމަށާއި ބޭނުން ވަނީ މުޅިން އޮރިޖިނަލް ޕްރޮޖެކްޓެއް ކަމަށް ޓިމް ބުންޏެވެ.
ޑެޕާ އެކީ ޓިމް ކުރިން ގެނެސްދިން ފިލްމުތަކަކީ އެލީސް އިން ވޮންޑަލޭންޑް (2010)، ސްވީނީ ޓޮޑް: ދަ ޑެމޯން ބާބާ އޮފް ފްލީޓް ސްޓްރީޓް (2007)، ޗާލީ އެންޑް ދަ ޗޮކްލެޓް ފެކްޓަރީ (2005)، ކޯޕްސް ބްރައިޑް (2005)، ސްލީޕީ ހޮލޯ 1999) އަދި އެޑް ވުޑް (1994) އެވެ.
ޓިމްގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ސެޕްޓެމްބަރުގައި ރިލީޒްކުރި ގޮތިކް ފެންޓަސީ ކޮމެޑީ ހޮރޯ "ބީޓްލްޖޫސް ބީޓްލްޖޫސް" އެވެ.
ޑެޕާ އެކީ އަލުން ފިލްމެއް ހެދުމުގެ ޝައުގުވެރިކަން 66 އަހަރުގެ ޑައިރެކްޓަރު ފާޅުކުރި އިރު، ޑެޕްގެ ކެރިއަރު އޮތީ ވަރަށް ބޮޑަށް އަރިއަޅާލައިފަ އެވެ. އެއި ކުރީގެ އަންހެނުން ބަތަލާ އެމްބާ ހާޑް، ޑެޕްގެ މައްޗަށް ކުރި ގެވެށިއަނިޔާގެ ތުހުމަތަކާ ގުޅިގެން ކުރިމަތިވި ގާނޫނީ މައްސަލަގަނޑާ އެކީގަ އެވެ. އެކަމާ ގުޅިގެން އޭނަ ސޮއިކޮށްފައި ހުރި ފިލްމުތަކަކުން ވެސް ކުރި އެވެ.
ނަމަވެސް އެ ތުހުމަތުން ޑެޕް ވަނީ 2022 ގައި ސަލާމަތްވެ. އޭނަގެ މައްޗަށް އެމްބާ ކުރި ތުހުމަތިތަކާ ގުޅިގެން އެމްބާ އަށް ކުރި އަނބުރުގެ ދައުވާ ޑެޕަށް ކާމިޔާބުވެފައިވެ އެވެ.
ޑެޕް، 61، އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ފްރާންސްގެ ފިލްމެއް ކަމަށްވާ "ޖިއަން ޑު ބެރީ" އެވެ.