އައްޑޫގައި ބޭއްވި އިމާމުން ތަމްރީންކުރުމުގެ ޕްރޮގްރާމުގެ ބައިވެރިންނާ އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިޚް މުޙައްމަދު ލަޠީފް ބައްދަލުކުރައްވައިފި އެވެ.
އެ ބައްދަލުވުން އޮތީ ރޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އެ ބައްދަލުވުމުގައި ލަޠީފް ވިދާޅުވީ، އިމާމުން ތަމްރީން ކުރުމާއި އިމާމުންނަށް އިތުރު ތަމްރީންގެ ފުރުސަތުތައް ހޯދައި ދިނުމަކީ ވަރަށް އިސްކަމެއް ދީގެން މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އެހެންވެ އެ ފުރުސަތުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިއްޕެވުމަށް އެދިވަޑައިގަތެވެ.
އިމާމުން ތާޒާ ކުރުމުގެ މަޝްރޫއުގެ ދަށުން އައްޑޫގައި ކުރިއަށް ގެންދިޔަ ޕްރޮގުރާމުގައި 68 އިމާމަކު ބައިވެރިވެފައިވެ އެވެ.
މި ޕްރޮގުރާމުގެ ދަށުން މި އަހަރު މިހާތަނަށް 19 އަތޮޅެއްގައި އިމާމުން ތަމްރީން ކުރުމުގެ ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވާ 804 އިމާމުން ތަމްރީންކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.