ބިދޭސީންނާ ގުޅުން ހުރި މައްސަލަތައް ރިޕޯޓްކުރަން ހާއްސަކުރި އިމިގްރޭޝަން ވޮޗަށް މިހާތަނަށް 1،000 އަށް ވުރެ ގިނަ މައްސަލަތައް ރިޕޯޓްކޮށްފި އެވެ.
އެގޮތުން ޖުލައި މަހުގެ 17 ގައި ލޯންޗްކުރި އެ ހިދުމަތަށް މިދިޔަ މަހުގެ 30 ވަނަ ދުވަހާ ހަމައަށް ޖުމްލަ 1،017 މައްސަލަ ރިޕޯޓްކޮށްފައިވެ އެވެ.
މިކަމާ ގުޅޭ ގޮތުން އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިމިގްރޭޝަން ވޮޗަށް އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ދެ ބާވަތެއްގެ މައްސަލަތަކެވެ. އެއީ ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގުމާއި ވޯކް ވިސާއާ ހިލާފުވުމުގެ މައްސަލަތަކެކެވެ. އެ ގޮތުން އެ ދެބާތުން ވެސް 239 މައްސަލަ ރިޕޯޓްކޮށްފައިވެ އެވެ.
އިމިގްރޭޝަން ވޮޗަށް ރިޕޯޓްކޮށްފައިވާ އިތުރު މައްސަލަތައް:
* ހަށިވިއްކުމުގެ 65 މައްސަލައެއް
* ފިލައިގެން ރިޕޯޓްކުރި 41 މައްސަލައެއް
* ޓޫރިސްޓް ވިސާއާ ހިލާފުވުމުގެ 14 މައްސަލައެއް
* ވަޒީފާގެ އެއްބަސްވުމާ ހިލާފުވި 12 މައްސަލައެއް
* ޖިނާއީ ކުށްތަކަށް އަރައިގަތުމުގެ 11 މައްސަލައެއް
* ވިސާގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ 12 މައްސަލައެއް
* މަސްތުވާތަކެތީގެ 10 މައްސަލައެއް
* އާންމު ސިއްހަތާ ގުޅުން ހުރި 8 މައްސަލައެއް
* އިންސާނީ ވަގުފާރީގެ 7 މައްސަ،ލައެެއް
* ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތް ހިންގުމުގެ 7 މައްސަލައެެއް
* މަނީ ލޯންޑްރިންގެ 3 މައްސަލައެެއް
* ގަވާއިދާ ހިލާފަށް އެތެރެވުމުގެ 3 މައްސަލައެއް
* ލިޔެކިޔުންތައް އޮޅުވާލުމުގެ 1 މައްސަލަ
* ލޭބަ އެކްސްޕްލޮއިޓޭޝަންގ 1 މައްސަލަ
* އެހެނިގެން މައްސަލަތައް 37
އިމިގްރޭޝަނުން ބުނީ މިހާތަނަށް ރިޕޯޓްކުރި މައްސަލަތަކުގެ ތެރެއިން 39 މައްސަލައެއް އިތުރަށް ބަލަމުން އަންނަ ކަމަށެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަންނަން ހިންގަމުން އަންނަ އޮޕަރޭޝަންގެ ތެރެއިން އަތުލަގަތް މީހުންގެ ތެރެއިން 5،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް އިމިގްރޭޝަނުން ވަނީ ޑީޕޯޓް ވެސް ކޮށްފަ އެވެ.