Last Updated: July 26, 11:51
Sunday, July 26, 2026
ޚަބަރު

ހުޅުދޫ ދަނޑުގައި ލައިޓް ނުޖެހިގެން ކަންބޮޑުވަނީ

އައްޑޫ ހުޅުދޫ ރަސްމީ ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތް ހުއްޓިފައިވާތީ އެ އަވަށު ކައުންސިލަރު ހުސައިން ފައިޒް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވީ އެ މަސައްކަތް ހުއްޓިފައި އޮތުމުން ޒުވާނުން ކުރަމުން އަންނަ ޝަކުވާ ސްޕޯޓްސް މިނިސްޓްރީ އަށް އިވޭހެން ވެސް ހީނުވާ ކަމަށެވެ.

ފައިޒް ވިދާޅުވީ އެ މަސައްކަތް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރު މައުލޫމާތު ދޭ ގޮތުން ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތް ހުއްޓިފައި އޮތީ މިނިސްޓްރީން ކުރަން ޖެހޭ ކަންކަން ނުކުރެވި އޮތުމުން ކަމަށެވެ.

"ހުޅުދޫ ޒުވާނުންގެ ތެރެއިން މިހާރު ދަނޑު ބޭނުން ކުރަން ތިބި އެތައް ޒުވާނުންނަކަށް ދަނޑު ނުދިއްލޭތީ ބޭނުން ނުކުރެވޭ." އޭނަ ވިދާޅުވި އެވެ.

އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ފައިޒް ވިދާޅުވީ މި ސަރުކާރުން ކުރީ ސަރުކާރޭ، ކުރީ ސަރުކާރޭ ކިޔާނީ ކަމެއް ކުރަން ބޭނުން ނުވާ ނަމަ ކަމަށެވެ.