Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ފުއާދު އަށް ކޮމިޓީން ރުހުން ދީފި

ފުއާދު ތައުފީގު - ފޮޓޯ: ރައީސް އޮފީސް

ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާ ސަފީރުކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް ފުއާދު ތައުފީގު އައްޔަނު ކުރުމަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ތައިލެންޑް ސަފީރުކަމަށް ފުއާދު އައްޔަނު ކުރުމަށް މަޖިލީހަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

މިއަދު ކުރިއަށްގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ފުއާދަށް ރުހުންދޭން ފާސްކޮށްފައިވަނީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

އިލެކްޝަންސް ކޮމިޝަނުގައި ދެ ދައުރު ހަމަކުރެއްވުމަށްފަހު ފުއާދުގެ ދައުރު ހަމަވެފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.