ފުވައްމުލަކު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފުން ބުނީ އެ ސިޓީ "ޝިވާ" ގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔާ ސްޓޭޝަނުން ނިއްވާލާފައިވާ ކަމަށެވެ. މި ހާދިސާގެ ރިޕޯޓް ލިބުނީ 10:05 ހާއިރު އެވެ.
ހާދިސާގައި އަލިފާން ރޯވެފައިވަނީ އެ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ބަންކު ބެޑެއްގެ މަތީގައި އަޅާފައި އޮތް ގޮނދަޑިއެއްގަ އެވެ. އަދިު ހާދިސާ ހިނގި ވަގުތު އެ ކޮޓަރީ ތެރޭ ކުޑަ ދެ ކުދިން ތިބި ނަމަވެސް، އަލިފާނުގެ ސަބަބުން އެއްވެސް އަނިޔާއެއް
އެ ކުދިންނަށް ލިބިފައެއް ނުވެ އެވެ.
މިކަމާ ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭމަންޓް އޮތޯރިޓީން ބުނި ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް މިހާރު ވަނީ ވަގުތީ ގޮތުން ރައްކާތެރި ތަންތަނަށް ބަދަލުކުރެވިފައި ކަމަށެވެ.