Last Updated: May 15, 06:48
Thursday, May 15, 2025
ޚަބަރު

އޮލިމްޕިކް ސައިޒް ޕޫލް އަންނަ އަހަރު ނިމޭނެ

ހުޅުމާލޭގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ސައިޒު ސްވިމިން ޕޫލް އެޅުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ނިންމައިވޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވޫ ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވޭނެ ފެންވަރުގެ ސްވިމިން ޕޫލެއް އެޅުމުގެ މަސައްކަތް މިދިޔަ ދެ ސަރުކާރުން ވެސް ފެށި ކަމަށާއި ނަމަވެސް އެކަމުގެ އަމަލީ މަސައްކަތާ ހަމައަށް ނުދެވި ކޮންމެ ފަހަރަކު ވެސް މަސައްކަތް އޮތީ މަޑު ޖެހިފައި ކަމަށެވެ.

އެކަމަކު މިހާރު މި ސަރުކާރަށް އަހަރެއްވީ އިރު އެ މަސައްކަތުގެ އަމަކީ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

ރާފިއު ވިދާޅުވޫ އެ މަސައްކަތް ވަރަށް ބާރަށް ދަނީ ކުރިއަށްދާ ކަމަށާއި. ސްވިމިން އެސޯސިއޭޝަންގެ ބެލުމުގެ ދަށުން ކުރިއަށްދާ މަސައްކަތާ އަންނަ އަހަރުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމައިލެވޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން އެ މަސައްކަތް އަވަސް ކުރުމަކީ މި ސަރުކާރުން ކުޅިވަރަށްދޭ އަހަމިއްޔަތުކަން ފެންނަ ކަމެއް ކަމަށެވެ.