އައްޑޫ މަރަދޫގައި ހުންނަ "ބޮނޑޮގެ" މަރާމާތުކުރާނެ ބަޔަކު ހޯދަން ކައުންސިލުން ބީލަމަށް ހުޅުވާލައިފި އެވެ.
ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ އެ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 19 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމަށް ކުރިމަތިލާން ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 9،300ރ. ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ދުވަހުން ފެށިގެން 120 ދުވަހެވެ.
މި ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 9 އާ ހަމައަށެވެ. ރަޖިސްޓްރީ ވާނީ
ކުންފުނި ނުވަތަ ވިޔަފާރީގެ ނަމާއި ފޯން ނަންބަރު އަދި މެއިލް އެޑްރެސް މި މެއިލް [email protected] އަށް ފޮނުވައިގެންނެވެ.
މި ބީލަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގައި އޮންނާނެ އެވެ.
"ބޮނޑޮގެ" މަރާމާތު ކުރާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވައިލި އިރު، ބޮޑެތި މަރާމާޔުތަކެއް ކުރުމަށް ފަހު އެތަން ރަސްމީކޮށް ހުޅުވީ ނޮވެމްބަރު 11، 2016 ގަ އެވެ.
އިނގިރޭސީން އައްޑޫގައި ތިބި ދުވަސްވަރު އެ މީހުން މުއާސަލާތީ މަރުކަޒެއްގެ ގޮތުގައި ބޭނުން ކުރުމަށް ފަހު، ފަހުން މަރަދޫގައި އެކި ބޭނުންތަކަށް ބޭނުން ކުރި އެ އިމާރާތް ގިނަ އަހަރުތަކެއް ވަންދެން ބޭނުން ނުކޮށް ހުއްޓައި އެތަން މަރާމާތުކޮށް، އާބާތުރަ ފިލުވަން އައްޑޫ ސިޓީ ކައުންސިލުން 1.6 މިލިއަން ރުފިޔާ ހަރަދުކޮށްފައި އެވެ.
މަރަދޫ ބޮޑުމަގުގައި ހުންނަ 'ބޮނޑޮ" ގެ މަރާމާތުކޮށް ހުޚުވީ ޖަލްސާތަކާއި ސެމިނާތަކާއި އެ ނޫން ވެސް ބައްދަލުވުންތަކާއި ފިލްމުތައް ވެސް ދެއްކޭ ގޮތަށެވެ.