Last Updated: July 16, 18:01
Thursday, July 16, 2026
މުނިފޫހިފިލުވުން

ޝީރަން އަލަށް ބޫޓާންގައި ޝޯއެއް ދެނީ

އިނގިރޭސިިލާތުގެ މަޝްހޫރު ލަވަކިޔުންޔެރިޔާ އެޑް ޝީރަން މުޅިން އަލަށް ބޫޓާންގައި ޝޯއެއް ދޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

އޭނަގެ މި ޝޯ އޮންނާނީ މަހުގެ 24 ގައި ވެރިރަށް ތިމްޕޫގެ ޗަންގްލިމިތަންގް ސްޓޭޑިއަމްގަ އެވެ. މުޅިން އަލަށް ބޫޓާންގައި ޕަފޯމްކުރާ ވާހަކަ ޝީރަން އިންސްޓަގްރާމްގައި ވެސް ހިއްސާކޮށް، އޭނަ ކުރިން ވެސް ޝޯތަކެއް ދީފައިވާ އިންޑިއާ އާއި ގަތަރާއި ބަހްރެއިންގައި ވެސް އަންނަ އަހަރު ޕަފޯމްކުރާނެ ވާހަކަ ހިއްސާކޮށްފައިވެ އެވެ.

ޝީރަން ވާނީ ބޫޓާންގައި ޕަފޯމްކުރާ ހުޅަނގުގެ ފުރަތަމަ ފަންނާނެވެ. އިނގިރޭސިވިލާތުގެ މިހާރުގެ އެންމެ ނުފޫޒު ގަދަ ފަންނާނުންގެ ތެރޭގައި ހިމެނޭ ޝީރަން، 33، މިހާތަނަށް 7 އަލްބަމެއް ނެރެފައިވާ އިރު، އޭނަގެ އެންމެ ފަހުގެ އަލްބަމަކީ މިދިޔަ އަހަރުގެ "އޯޓަމް ވޭރިއޭޝަންސް" އެވެ.

ގްރެމީގެ އިތުރުން ޝީރަން އަކީ މިއުޒިކީ ދާއިރާ އިން މިހާތަނަށް އެތައް އެވޯޑެއް ހޯދާފައިވާ ފަންނާނެކެވެ.