Last Updated: July 26, 11:51
Sunday, July 26, 2026
ޚަބަރު

'އޮޅު ހިޔާ' މިނިސްޓްރީއާ ހަވާލު ކުރަން ނިންމައިފި

ހުޅުމާލޭގައި ބުޅާތަކަށް ހާއްސަކޮށްގެން ހެދި ފެސިލިޓީ "އޮޅު ހިޔާ" އަށް ހިނގި ހަރަދު ހޯދައި އެތަން ދިރޭތަކެއްޗާ މިނިސްޓްރީއާ ހަވާލުކުރަން މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

އެ ފެސިލިޓީ އަކީ މިނިސްޓްރީން ކައުންސިލަށް ދޫކުރި ބިމެއްގައި، ކައުންސިލުން ހަދައި ހިންގަން ޖެހޭ ގޮތަށް އެއްބަސްވި މަސައްކަތެކެތެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް ފެސިލިޓީގެ މަސައްކަތް މިހާތަނަށް ފުރިހަމަ ނުކުރި، މާލޭ މަގުތަކުން ބުޅާތައް ނަގައި، ފެސިލިޓީ އަށް ނުގެންދެވި އޮތުމާ ގުޅިގެން މިނިސްޓްރީން މީގެ ދުވަސްކޮޅެއް ކުރިން ކަންބޮޑުވުން ވެސް ފާޅުކުރި އެވެ.

އެހެންވެ އެެއްބަސްވުމާ އެއްގޮތަށް "އޮޅު ހިޔާ" ގެ ކަންކަން ނުދާތީ މިނިސްޓްރީއާ ހަވާލުކުރަން އަންގައި ކައުންސިލަށް ވެސް ވަނީ ސިޓީއެއް ވެސް ފޮނުވައިފަ އެވެ.

ބުޅާ ފެސިލިޓީ ހަދަން މާލެ ސިޓީ ކައުންސިލާ މިނިސްޓްރީން ހަވާލުކުރީ މިދިޔަ ޖެނުއަރީ މަހުގެ މަހުގެ 25 ގަ އެވެ. އަދި އެކަމަށް 5،000 އަކަފޫޓްގެއް ބިމެއް ހަމަޖައްސައި ދިނެވެ.

ފެސިލިޓީ ހުޅުވީ މިދިޔަ މަހުގެ 2 ގަ އެވެ.

ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ "އޮޅު ހިޔާ" ހަދަން ހިނގި ހަރަދު ހޯދައި އެ މިނިސްޓްރީއާ ހަވާލު ކުރުމަށެވެ.

މޭޔަރު އާދަމް އާޒިމް ވިދާޅުވީ ފެސިލިޓީއަށް ހުރިހާ ޚަރަދެއް ކުރީ ކައުންސިލްގެ ބަޖެޓުން ކަމަށާއި އެތަން ތައްޔާރުކުރީ އެތަނުގެ މުވައްޒަފުންގެ ބުރަ މަސައްކަތެއް ކަމަށެވެ.

"އެހެންވީމަ [ފެސިލިޓީ އަޅަން] ކުރި ހަރަދު ވެސް އަޅުގަނޑުމެންނަށް ލިބެން އެބަޖެހޭ. އެއީ މިތަނުގެ ބަޖެޓުން އެކަން ކުރީ. އެއްވެސް ބަޖެޓެއް މިތަނަކަށް ނުލިބޭ އެކަން ކުރާކަށް،" އޭނަ ވިދާޅުވި އެވެ. "ފުލީ، މިތާ ބަޖެޓުން ހުރިހާ ކަމެއް ކުރީ މިތާ މުވައްޒަފުން ހުރިހާ ކަމެއް ކުރީ. ފެސިލިޓީ ރެޑީކޮށްފައި ހުރީ. މިހާރު ބުޅާ ގެންދެވޭނެ. މިހާރު އެތާ ބުޅާ ބޭތިއްބޭނެ."

އޭނަ ވިދާޅުވީ ފެސިލިޓީއަށް ބުޅާ ގެންދިޔުމަށް ރަނގަޅު ކުރަން ޖެހޭ ހުރިހާ ކަމެއް މިހާރު ރަނގަޅުކޮށްފައިވާ ކަމަށެވެ.

"އޮޅު ހިޔާ" އަކީ މާލޭގެ މަގުތައްމަތީގައި ބުޅާތައް ގިނަވެ، އެކަމުގެ ސަބަބުން ތަފާތު މައްސަލަތައް ދިމާވަމުންދާތީ އެކަށޭނެ ހައްކެއް ހޯދަން ހެދި ތަނެކެވެ.