Last Updated: May 15, 06:48
Thursday, May 15, 2025
ޚަބަރު

ރިފޯމް ކޮމިޝަނަރަކު ހޯދަނީ

ދައުލަތުގެ މާލީ ނިޒާމު ހަރުދަނާ ކުރުމަށް ކުރަމަށްޓަކައިއިކޮނޮމިކް ރިފޯމް އޮފީހެއް އުފައްދަި އެ އޮފީހަށް ކޮމިޝަނަރަކު ހޯދަން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނީ ކޮމިޝަނަރަކު ހޯދަނީ ދައުލަތުގެ އެކިއެކި ދާއިރާތައް ރިފޯމް ކުރުމާބެހޭ މަސައްކަތްތައް ހަލުވި ކުރުމުގެ ގޮތުން ކަމަށެވެ. ރިފޯމު ކޮމިޝަނަރުގެ މަސައްކަތްތަކުގެ ގޮތުގައި އިގުތިސޯދީ، މާލީ އަދި އެސްއޯއީތައް ރިފޯމު ކުރުން ހިމެނެ އެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 8 އާ ހަމައަށެވެ.

މަގާމަށް މީގަކު ހޮވާނީ އެކައުންޓިން އަދި ފިނޭންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީއެއް ނުވަތަ އެއަ ށްވުރެ މަތީ ސަނަދެއް އޮތުމާއި ދާއިރާއާ ގުޅޭ މަދުވެގެން 10 އަހަރުގެ ތަޖުރިބާ ހުރުމުގެ އިތުރުން ރިފޯމުގެ މަސައްކަތް ފަދަ ކަމެއް ހިންގުމުގެ ގާބިލުކަމަށް ބަލައިފަ އެވެ.

ނަމަވެސް ރިފޯމު ކޮމިޝަނަރުގެ މަގާމުގެ މުސާރައެއް ފިނޭންސް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.