ގދ. ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދީފައި ވަނީ އުސޫލާ ހިލާފަޑް ކަމަށް ބުނެ އެކޖަން ދަރަޖަ ބާތިލުކުރަން އެދި އެ ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ވެސް މައްސަލަ ހުށައަަޅައިފި އެވެ.
މި މަހުގެ 1 ގައި އޭނަ ވަނީ އެ މައްސަލަ ރައްޔިތުން މަޖިލިހަށް ވެސް ހުށަހަޅައިފަ އެވެ.
ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދިނީ މިދިޔަ އަހަރުގެ އަހަރުގެ އޮގަސްޓް 30 ގަ އެވެ. އޭގެ ފަހުން މިހާރުގެ ރައީސް ޑރ. މުއިއްޒުވެސް ވެރިކަމަށް ވަޑައިގެން މި ނިންމެވުން އެގޮތުގައި ބާއްވަން ނިންމެވި އެވެ. އަދި ތިނަދޫ ސިޓިއަކަށް ހަދަން ގާނޫނީ ގޮތުން ނިންމަންޖެހޭ ކަންކަން ނިންމީ ވެސް މި ސަރުކާރުންނެވެ.
ސައުދުﷲ ހުށައެޅި މައްސަލާގައި ބުނެފައިވަނީ ތިނަދު އަށް ސިޓީގެ ދަރަޖަ ދީފައިވަނީ ލާމަރުކަޒީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި 2022 އިން ފެށިގެން ތިނަދޫ ކައުންސިލުން އެ ރަށުގެ އާބާދީއާ ގުޅޭ ތަފާސްހިސާބުތައް އޮޅުވާލާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފައިވެ އެވެ.
ސިޓީއެއްގެ ދަރަޖަ ދޭ ޝަރުތުތަކުގެ ތެރޭގައި އާބާދީ 10،000 އަށް އަރަން ޖެހެ އެވެ. ނަމަވެސް ތިނަދޫ ސިޓީއަކަށް ހެދި އިރު، އަސްލު އާބާދީ 8،000 އަށް ވެސް ނާރާ ބުނެފައިވެ އެވެ. އެހެންވެ ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި އެ ރަށު ކައުންސިލުން ރަށުގެ ރަޖިސްޓްރީގައި އެހެން ރަށްރަށުގެ މީހުންގެ ނަން ހިމަނައި، ތަކުރާރުކޮށް އެކެއްގެ ނަން ޖަހައި، މަރުވެފައިވާ މީހުން ވެސް ދިރިތިބި މީހުންގެ ގޮތުގައި ހިމަނާފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
އެ މައްސަލަ ސައުދު މަޖިލީހާއި އެލްޖީއޭ އަށް ހުށަހެޅުމުގެ ގާނޫނާ ހިލާފަށް ސިޓީއެެއްގެ ދަރަޖަ ތިނަދު އަށް ދީފައިވާތީ އި ކޯޓަށް ވެސް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވެ އެވެ. އެ މައްސަލަ ހުށަހެޅީ ގާނޫނީ ވަކީލު އަދި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާގިބު އަހުމަދެވެ.