ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންހެ މައުލޫމާތު ހާމަކުރަން ޖެހޭނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ނައިބު ރައީސް މުހައްމަދު ޝިފާޒު މިރޭ ވިދާޅުވެއްޖެއެވެ.
ހަރަދުތައް ކުޑަކުރަން މި ސަރުކާރުގެ ސިޔާސީ މަގާމުތަކުން 228 މީހަކު ވަކިކޮށްފައިވާ ކަމަށް ބުނި ނަމަވެސް އެއީ ކޮން ބައެެއްކަން ސަރުކާރު ކުރާތީ އެކަމަށް ފާޑު ވިދާޅުވެ، ޑިމޮކްރެޓްސް އިން ރޭ ބޭއްވި ކަންމަތީ ޖަލްސާއެއްގައި، ޝިފާޒު ވިދާޅުވީ ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަގައިގެން ސިޔާސީ ތިބޭ މީހުން ރައްޔިތުންނަށް ފޮރުވަން ޖެހޭ ކަމެއް ނޯންނާނެ ކަމަށެވެ.
އޭނަ ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިބީ ކޮން ބައެއް ކަމާއި، އެ މީހުން ވަޒީފާ އަދާކުރާ އޮފީހާއި ވަޒީފާގައި ކުރާ މަސައްކަތް ވެސް ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށވެ. ޝިފާޒު ވިދާޅުވިއެވެ.
"އެއީ އެންމެ ހާމަކަން ބޮޑު ގޮތުގައި މަސައްކަތް ކުރަންޖެހޭ ފަރާތްތައް، ސިޔާސީ ބޭފުޅުންނަކީ. އެއީ ކޮން ބައެއްކަން ސިއްރުކުރަން ސަރުކާރެއް މި ގޮތަށް ބާއްވާކަށް އަޅުގަނޑުމެން ނުތިބޭނަން. ޝިފާޒު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ އަސާސީ ހައްގުތައް ހިމާޔަތްކޮށް ދިނުމަށް ރައްޔިތުންނަށް ހޯދައިދިން ގާނޫނުއަސާސީގައި ވެސް އެންމެ މުހިންމު އެއް ކަމަކީ ދެ ފުށް ފެންނަ ނިޒާމަކުން ވެރިކަން ހިންގުން ކަމަށެވެ.
ސަރުކާރުގެ ޚަރަދު ކުޑަކުރަން 228 ސިޔާސީ މުވައްޒަފަކު މަގާމުން ވަކިކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ އޮކްޓޯބަރު މަހުގެ 15 ގަ އެވެ. އެގޮތުން ވަކިކުރަން ނިންމީ ހަތް ސްޓޭޓް މިނިސްޓަރަކާއި 43 ޑެޕިއުޓީ މިނިސްޓަރަކާއި 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ އިތުރުން 69 ޕޮލިޓިކަލް ޑިރެކްޓަރުން ކަމަށް ވިދާޅުވެފައިވެ އެވެ.
ނަމަވެސް މިހާތަނަށް އެއީ ސީދާ ކޮންކޮން ބައެއްކަން ހާމަނުކުރާތީ ނޭނގޭތީ އާންމުންނާއި އިދިިކޮޅުން ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.