Last Updated: July 26, 11:51
Sunday, July 26, 2026
ޚަބަރު

ނުކުޅެދޭ ކުއްޖެއްގެ ވީލްޗެއާ ގެއްލިއްޖެ!

ހިނގުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއްގެ ވީލްޗެއާ ގެއްލިގެން އާއިލާ އިން އެ ގޮނޑި ހޯދަން އާންމުންގެ އެހީ އަށް އެދިއްޖެ އެވެ.

މާލޭގައި ދިރިއުޅޭ އެ ކުއްޖާގެ އާއިލާގެ ފަރާތުން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ ގޮނޑި ގެއްލުނީ ގޭގެ ސިޑި ކައިރީގައި ބަހައްޓާފައި ހުއްޓައި އިއްޔެ މެންދުރު ފަހު 2:45 އެހާކަށްހާ އިރު ކަމަށެވެ. އެހެންވެ ގޮނޑި ފެނިއޖެ ނަމަ އަންގައިދޭން އެދިފައިވެ އެވެ.

އެ ގޮނޑި ގެއްލިގެން ވަނީ އެމްވީ ލޮސްޓް އެންޑް ފައުންޑް ޕޭޖްގައި ވެސްއެ ވާހަކަ ހިއްސާކޮށް، ޕޯސްޓް ވީހާ ވެސް ގިނަ ބަޔަކު ޝެއާކޮށް ދޭން ވެސް އެދިފަ އެެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއްގެ ވީލްޗެއާ ގެއްލުނު އިރު، މާލޭގައި މި ފަހަކަށް އައިސް ވައްކަން ކުރުން ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ.

ދާދި ފަހުން ސްކޫލްގެ ކުއްޖެއްގެ ދަބަސް ވެސް ވަގަށް ނެގި މައްސަލައެއް އާއިލާ އިން ސޯޝަލް މީޑިއާގައި ހިއްސާކުރި އެެވ. އެކަމާ ގުޅިގެން ފުލުހުން ފަހުން މީހަކު ހައްޔަރު ވެސް ކުރި އެވެ.