Last Updated: May 12, 18:57
Monday, May 12, 2025
ޚަބަރު

ދަރިވަރުން ގްރޫމްކުރި ޓީޗަރަކަށް ދައުވާ ކުރަނީ

ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި ދަރިވަރުންތަކެއް ގްރޫމްކުރި މައްސަލައެއްގައި ޓީޗަރަކަށް ދައުވާކޮށް ދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގައި 29 އަހަރުގެ ދިވެހި ޓީޗަރު ހައްޔަރުކުރީ ސައުތު ސެންޓްރަލް ޕޮލިސް (މ، ފ، ދ، ތ، ލ) ގެ ރަށަކުން ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން އޭނަ ހައްޔަރު ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 27 ގަ އެވެ.

ފުލުހުން ބުނީ އޭނަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ފުރަތަމަ ހާޒިރު ކުރުމުން ބަންދަށް 20 ދުވަސް ޖެހި ކަމަށެވެ. އަދި އެ މުއްދަތު ހަމަވުމުން، ދެވަނަ ފަހަރަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދު ކުރަން ކޯޓުން އަމުރު ކުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.

މައްސަލަ ތަހުގީގު ކުރުމަށް ފަހު ޓީޗަރުގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ މަހުގެ 25، ގަ އެވެ.