ކ. ދިއްފުށީގައި ޕޮލިސް ޕޯސްޓެއް ހުޅުވައި ފުލުހުން އެ ރަށުގައި ގާއިމުވެ ތިބެ ޚިދުމަތް ދޭން ފަށައިފި އެވެ.
އެތަން އިއްޔެ ހުޅުވައި ދެއްވީ ޕޮލިސް ކޮމިޝަނަރު ޢަލީ ޝުޖާޢު އާއި ދިއްފުށި ކައުންސިލު ރައީސް އިބްރާހީމް ސުނިލް އެވެ.
ދިއްފުށި ޕޮލިސް ޕޯސްޓު ހުޅުވައި ޕޮލިސް ޕޯސްޓުގައި ގައުމީ ދިދަ ނަންގަވައި ދެއްވީ ސުނިލްއެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައި ދެއްވީ ސީޕީ އެވެ.

ރާއްޖޭގެ އާބާދީ ބޮޑެތި ގިނަ ރަށްރަށުގައި ޕޮލިސް ސްޓޭޝަންގެ އިތުރުން ވަރަށް ގިނަ ރަށްރަށުގައި މިހާތަނަށް ޕޮލިސް ޕޮލިސް ޕޯސްޓްތައް ހުޅުވާފައިވެ އެވެ.