ރާއްޖޭގެ ތަރައްގީ އަށް އަބަދު ވެސް އިންޑިއާ އެހީ އާއި ލިބޭނެ ކަމަށް އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވިދާޅުވެއްޖެ އެވެ.
ސަފީރުކަމުގެ ދައުރު ހަމަކުރައްވައި ރާއްޖެ އިން ފުރާވަޑައިގަތުމުގެ ކުރިން މިއަދު ރައީސް އޮފީހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކީ ބޭއްވި ވަދާއީ ޒިޔާރަތުގައި ސަފީރު ވަނީ ރާއްޖޭގެ ތަރައްޤީއަށް އިންޑިއާގެ އެހީތެރިކަން އަބަދުވެސް ލިބެމުންދާނ ޔަޤީންކަން ދެއްވައިފަ އެވެ. އަދި ރާއްޖެ އަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި، ރައީސް ދައްކަވާ ލީޑަޝިޕާއި، އެކުގައި މަސައްކަތްކުރެއްވުމުގެ ރޫޙު އިންޑިއާ އިން އިސްކުރާ ކަމަށް ވެސް ވިދާޅުވި އެވެ.
ސަފީރު ވިދާޅުވީ މިކަމަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށްދޭ ކަމެއް ކަމަށެވެ.
ސަފީރު ވިދާޅުވީ ދެ ޤައުމުގެ ގުޅުން މިހާރު ކުރިއަށްދާ ގޮތުގައި ދެމިއޮންނާނެކަމާއި، އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫޢުތައް ވަގުތަށް ނިންމޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެކުގައި މަސައްކަތް ކުރެވޭނެ ދާއިރާތަކާމެ ދު ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.
އިންޑިއާ ސަފީރު ވަނީ މިދިޔަ އޮކްޓޯބަރު މަހު ރައީސް އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އެކުލަވާލެވުނު "އަ ވިޝަން ފޯ އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނަޝިޕް" ކަރުދާހުގެ މައްޗަށް އަލިއަޅުއްވާލައްވައި، އޭގެ ސަބަބުން ރާއްޖޭގެ ތަރައްޤީގައި އިންޑިއާ އިން ހިއްސާވާ މިންވަރު އިތުރަށް ފުޅާކުރުމުގެ މަގު ކަނޑައެޅުނުކަން ފާހަގަ ކުރައްވައިފަ އެވެ.
އެގޮތުން ރާއްޖޭގައި އިޤްތިޞާދީ އިޞްލާޙުތައް ގެނައުމަށާއި، އިޖުތިމާޢީ ރައްކާތެރިކަން އިތުރު ކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިންޑިއާ އިން ދެއްވާ އެހީތެރިކަމާ އެކު ލިބެމުން އަންނަ ކުރިއެރުންތައް ވެސް ދެ ބޭދުޅުން ފާހަގަ ކުރެއްވި އެވެ.
އެ ބައްދަލވުމުގައި، ދެ ޤައުމުގެ ގުޅުން ކުރިއެރުވުމަށް އިންޑިއާ ސަފީރު ދެއްވާފައިވާ އެހީތެރިކަމަށް ރައީސް މުއިއްޒު ޝުކުރު އަދާކުރެއްވި އެވެ. ވާފައެވެ. އަދި މުނޫ މަހާވަރުގެ ސަފީރުކަމުގެ ދައުރަކީ ފަހަކަށް އައިސް ރާއްޖެ އާއި އިންޑިއާގެ އެކުވެރިކަމާއި ދެ ޤައުމުގެ ގުޅުން އާރޯވެގެން ދިޔަ، މުހިންމު މަރުޙަލާއެއް ކަމަށް ވެސް ވިދާޅުވި އެވެ.