Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

އާސަންދައިން ލިބޭ ބޭހަކަށް އަގު ނަގާނަމަ ރިޕޯޓްކުރޭ

އާސަންދައިން ކަވަރުކުރާ ބޭހަކަށް އެއްވެސް ފާމަސީއަކުން އަގު ނަގާ ނަމަ އެކަން ރިޕޯޓްކުރަން އެދިއްޖެ އެވެ.

އާސަންދައިން ސޯލް މީޑިއާ ޕޯސްޓްތަކެއްގައި ބުނީ، އާސަންދައިން ކަވަރުކުރާ ބޭހަކަށް އަގު ނަގާނަމަ އެކަން ވައިބަ އަދި ވަޓްސްއެޕް މެދުވެރިކޮށް 7951400 ނަންބަރަށް އަންގައި ދިނުމަށެވެ.

އެ ކުންފުނުން ބުނީ، އާސަންދައިން ނުލިބޭ ބޭހެއް ނަމަ އެކަން ބޭސް ސިޓީގައި ލިޔެފައި އޮންނާނެ ކަމަށެވެ. އަދި ބަލްކް ޕްރޮކިއުމެންޓު މެދުވެރިކޮށް ރާއްޖެއަށް ގެންނަ ބޭސްތަކުގެ ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް ވެސް އާސަންދަ ކަވަރޭޖު ދޭ ބޭސް ފިހާރަތަކުން ފޯރުކޮށް ދޭނީ ހިލޭ ކަމަށް ބުންޏެވެ.

އާސަންދަ ނިޒާމަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް މިހާރު ގެންނަމުން އަންނަ އިރު، އެގޮތުން އާސަންދައިން ދޫކުރާ ބޭހުގެ ތެރެއިން އެންމެ ގިނައިން އާންމުން ބޭނުންވާ 250 ބޭހުގެ އަގު ވެސް ކޮންޓްރޯލްކޮށްފައިވެ އެވެ.