Last Updated: August 22, 06:27
Friday, August 22, 2025
ޚަބަރު

ކާނަލް ނާޒިމް ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗަށް ގެނެސްފި

ހަނގުރާމަވެރި ހަތިޔާރު އެތެރެކުރިކަމުގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމް ތަންފީޒުކުރަމުން ގެންދަވާ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް އަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުން އެބަގެންދެއެވެ.

ނާޒިމްގެ އާއިލާގެ ބޭފުޅަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި ހިންމަފުށީ އައްސޭރި ޖަލުން ނާޒިމް މާލެ ގެނެސްފައިވަނީ ލޮލުގެ ފަރުވާއަކަށެވެ. މިމަހުގެ 9 ވަނަ ދުވަހު ވެސް އައިޖީއެމްއެޗްގައި ނާޒިމަށް ފަރުވާދީފައިވާއިރު ނާޒިމްގެ ލޮލުގައި ރިއްސާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް އާއިލާގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅާ ވަނީ ވިދާޅުވެފައެވެ.

ކާނަލް ނާޒިމްގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމް ހައި ކޯޓްގައި އިސްތިއުނާފްކޮށްފައިވާއިރު މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ދެ ފަނޑިޔާރަކު ހައި ކޯޓުގެ ދެކުނު ގޮތްޕަށް ބަދަލުކުރުމުން އެ މައްސަލައިގެ އަޑުއެހުންތައް ވަނީ މެދުކަނޑާލައިފައެވެ.