Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

މާލޭގެ ކަނޑުގަނޑު ހިމާޔަތްކުރަން ސޮއިކޮށްފި

މާލޭގެ ކަނޑުގަނޑު ހިމާޔަތްކުރުމަށް ޖަޕާނުގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫޢުގެ ކޮންސަލްޓަންސީ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފި އެވެ.

"ޕްރޮޖެކްޓް ފޯ ޑިޒާސްޓަރ ރެޒިލިއަންސް އެންހާންސްމަންޓް އިން މާލެ އައިލެންޑް" އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް ތާއާމް މުޙައްމަދެވެ.

މި މަޝްރޫޢަކީ މާލޭގެ ކަނޑުގަނޑު ހިމާޔަތްކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުނީ މިދިޔަ ސެޕްޓެމްބަރ 19 ވަނަ ދުވަހު ދިވެހި ސަރުކާރާއި ޖަޕާނު ސަރުކާރާ ދެމެދު ސޮއިކުރެވުނު "އެކްސްޗޭންޖް އޮފް ނޯޓްސް" އާ ގުޅިގެންނެވެ. އެގޮތުން މަޝްރޫޢުގެ ތަފްސީލީ ޑިޒައިން ހެދުމުގެ މަޝްވަރާ މަރުހަލާ ނިމޭނެކަމަށް ލަފާކުރެވެނީ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކަމަށް މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫއުގެ އެންމެ މުހިއްމި ބޭނުމަކީ މާލޭގެ ކަނޑުގަނޑު ހިމާޔަތްކުރުމަށާއި، ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް އެޅުމެވެ.