Last Updated: July 16, 18:01
Thursday, July 16, 2026
މުނިފޫހިފިލުވުން

'ޑޮން 3' ގެ ވިލަން އަކީ ވިކްރާންތު؟

ރަންވީރު ސިންގް ކުޅެން ހަމަޖެހިފައިވާ ފިލްމު "ޑޮން 3" ގެ ވިލަން އަކީ ވިކްރާންތު މަސީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީގެ ކުރިން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ފަރުހާން އަޚްތަރު ޑައިރެކްޓްކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ވިލަންގެ ރޯލު އިމްރާން ހާޝިމީ އަށް ވެސް ހުށަހެޅި އެވެ. ނަމަވެސް ސަލްމާން ޚާންގެ މިދިޔަ އަހަރުގެ "ޓައިގާ 3" ގެ ވިލަންގެ ރޯލު ކުޅުނު އެކްޓަރު އެކަން ދޮގުކޮށްފައިވެ އެވެ.

ރިޕޯޓްތައް މިހާރު ބުނާ ގޮތުން "ޑޮން 3" ގެ ވިލަންގެ ރޯލު ވިކްރާންތަށް ވަނީ ހުށަހަޅައިފަ އެވެ. ނަމަވެސް މިކަން ފަރުހާނާއި އޭނަގެ ކުންފުނި އެކްސަލް އެންޓަޓައިންމަންޓުން މިހާތަނަށް ކަށަވަރުކޮށް ދީފައެއް ނުވެ އެވެ. ވިކްރާންތަކީ އަންނަ އަހަރު ފިލްމީ މަސައްކަތުން ދިގު ބްރޭކެއް ނަގަން ނިންމިކަން މިދިޔަ ހަފުތާގައި އިއުލާންކުރި އެކްޓަރެވެ.

މިހާރު ބޮލީވުޑްގެ އެންމެ ހުނަރުވެރި އަދި ޑިމާންޑް ބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ ވިކްރާންތަށް "ޑޮން 3" ގައި ހިއްސާވުމާ ބެހޭ ގޮތުން އޭނަ މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ. ނަމަވެސް އޭނަ މީގެ ކުރިން ވެސް އެކްސަލްގެ ބައެއް ޕްރޮޖެކްޓްތަކުގެ ތެރޭގައި މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރޭގައި އެ ސްޓޫޑިއޯގެ 2015 ގެ ފިލްމު "ދިލް ދަޅަކް ނޭ ދޯ" އާއި އެކްސަލްގެ ވެބްް ސީރީޒްތައް ކަމަށްވާ "މިރްޒާޕޫރް" އާއި "މޭޑް އިން ހެވެން" ހިމެނެ އެވެ.

"ޑޮން 3" ގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ތެރޭގަ އެވެ. މިދިޔަ އަހަރު އިއުލާންކުރި މި ފިލްމުގައު ރަންވީރާ އެކީ ބަތަލާގެ ރޯލުން ފެންނާނީ ކިއާރާ އަދުވާނީ އެވެ.

ނަާންވީރާ އެކީ "ޑޮން 3" ހަދާ އިރު، މީގެ ފުރަތަމަ ދެ ބައިގެ ބަތަލަކީ ޝާހްރުކް ޚާނެވެ.