Last Updated: July 26, 11:51
Sunday, July 26, 2026
ޚަބަރު

ކޮންސްޓްރަކްޝަން މިނިސްޓްރީގެ ޓީމެއް ފުވައްމުލަކުގައި

ކޮންސްޓްރަކްޝަން މިނިސްޓްރީގެ ޓީމެއް ފުވައްމުލަކުގައި ހަރަކާތްތެރިވަމުން އެބަ ދެ އެވެ.

އެ ޓީމްގައި އެ މިނިސްޓްރީގެސްޓޭޓް އިބްރާހީމް ނަޡީމާއި ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ޢިމްރާން ޙަސަނާއި ޑެޕިއުޓީ މިނިސްޓަރު ޙަސަން ވިސާލްގެ އިތުރުންމިނިސްޓްރީގެ ސީނިއާ އޮފިޝަލުން ހިމެނެ އެވެ.

މިނިސްޓްރީގެ ޓީމުން ފުވައްމުލަކު ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި، އެ ސިޓީގައި ކުރިއަށްދާ އެކިއެކި ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އަދި ފުވައްމުލަކު ސިޓީގައި ކުރިއަށްދާ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުތައް ކުރިއަށްދާ ސަރަހައްދުތަކަށް ޒިޔާރަތްކޮށް މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާފައިވެ އެވެ.

އަދި ފުވައްމުލަކުގެ މަގުހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވާ އެމްޓީސީސީ) ގެ ޓީމު ބައްދަލުކޮށްފައިވެ އެވެ. އެ ބައްދަލުވުމުގައި މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާކުރި އެވެ.

ކޮންސްޓްރަކްޝް މިނިސްޓްރީން ބުނީ މި ދަތުރަކީ ފުވައްމުލަކުގެ ތަރައްޤީގެ މަޝްރޫޢުތައް އަވަސް ކުރުމަށާއި، ކުރިމަތިވެފައިވާ ދަތިތައް ޙައްލުކުރުމަށް އެޅޭނެ ފިޔަވަޅުތައް ދެނެގަތުމަށް މުހިންމު ދަތުރެއް ކަމަށެވެ.

މި ދަތުރުގެ ތެރެއިން މިނިސްޓްރީން ވަނީ މި ހަފުތާގައި މާލޭގައި ލޯންޗްކުރި "ރެސިލިއަންސް ހައުސިން ގައިޑަންސް ފޯ ދަ މޯލްޑިވްސް" ފޮތް ވެސް ފުވައްމުލަކުގައި އިފުތިތާހުކޮށްފަ އެވެ.