Last Updated: May 14, 20:54
Wednesday, May 14, 2025
ޚަބަރު

ނޮވެމްބަރުގައި އެންމެ ގިނައީ ވައްކަން: ޕޮލިސް

އާންމުންގެ މީހަކާ ފުލުހަކު ވާހަކަ ދައްކަނީ. ފޮޓޯ/ ޕޮލިސް

މިދިޔަ މަހުގެ ތެރޭގައި ފުލުހުންނަށް އެންމެ ގިނައިން ރިޕޯޓްކުރީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އާންމުކުރި މިދިޔަ މަހުގެ މައްސަލަތަކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ތެރޭގައި ވައްކަމުގެ ޖުމްލަ މައްސަލައެއް ރާއްޖޭގެ އެކި ހިސާބުތަކުން ހުށަހަޅާފައިވެ އެވެ. މި ފަހަކަށް އައިިސް ވައްކަން އެންމެ ބޮޑަށް އިތުރުވެފައި ވަނީ ވެރިރަށް މާލެއިންކަން ފާހަގުރެވެ އެވެ.

މިދިޔަ މަހުގެ ތެރޭގައި ފުލުހުންނަށް ޖުމްލަ 989 މައްސަލައެެއް ހުށަހެޅި އެވެ.

މައްސަލަތަކާއި އަދަދުތައް:

* ވައްކަމުގެ 310 މައްސަލަ
* އެކްސިޑެންޓްގެ 236 މައްސަލަ
* މަސްތުވާތަކެތީގެ 130 މައްސަލަ
* އެއްޗެހި ގެއްލުމުގެ 67 މައްސަލަ
* އަނިޔާ ކުރުމުގެ 63 މައްސަލަ
* މަކަރާއި ހީލަތް ހެދުން 51 މައްސަލަ
* މުދަލަށް ގެއްލުން ދިނުމުގެ 46 މައްސަލަ
* ފޭރުމުގެ 32 މައްސަލަ
* ޖިންސީ ގޯނާގެ 24 މައްސަލަ
* ގެވެށިއަނިޔާ 18 މައްސަލަ
* ފޯޖް ކުރުމުގެ 11 މައްސަލަ

ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ފުލުހުން އަންނަނީ ކުށްތައް މަދުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފުލުހުން ގާއިމުވެ ނެތް ރަށްރަށުގައި ޕޮލިސް ޕޯސްޓްތައް ވެސް ހުޅުވައި، ފުލުހުންގެ ހިދުމަތް މުޅި ރާއްޖެ އަށް ފުޅާކުރަން އަންނަނީ ހުއްޓުމެއް ނެތި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.