Last Updated: May 14, 20:54
Wednesday, May 14, 2025
ޚަބަރު

ފެން ކުންފުނިން 400 މިލިއަންގެ ބޮންޑެއް ވިއްކަނީ

މާލެ ވޯޓާ އެންޑް ސްވެރެޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އިން 400 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަން ރާއްޖޭގެ ހިއްސާގެ ބާޒާރު، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ހުޅުވާލައިފި އެވެ.

ކެޕިޓަލް މާކެޓަށް މި ބޮންޑް ނެރެދިން ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުން ބުނީ މި ބޮންޑު ވިއްކާނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ.

ފުރަތަމަ މަރުހަލާގައި ވިއްކާ 200 މިލިއަން ރުފިޔާގެ ބޮންޑްގައި އިންވެސްޓް ކުރުމުގެ ފުރުސަތު އެމްޑަބްލިޔުއެސްސީގެ ވިޔަނި ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލާފަ އެވެ. މި ބޮންޑު އިންވެސްޓުކުރާ ފަރާތްތަކަށް ފަސް އަހަރު ތެރޭ އަހަރަކު 7.5 އިންސައްތައިގައި އިންޓްރެސްޓް ލިބޭނެ ކަމަށް ފަސްޓް ނޭޝަނަލުން ބުނެފައިވެ އެވެ.

ޖަޕާނުގެ މަޝްހޫރު ހިޓާޗީ ކުންފުނީގެ 20 ޕަސަންޓު ހިއްސާ އޮންނަ އެމްޑަބްލިޔުއެސްސީން މި ބޮންޑު ވިއްކުމުގެ މައިގަނޑު މަގުސަދަކީ، އެ ކުންފުނިން ހިންގާ މަޝްރޫއުތަކާއި ވިޔަފާރިތަކަށް ފައިނޭންސް ހޯދުން ކަމަށް ބުނެފައިވެ އެވެ.

އޭގެތެރޭގައި، ފެނާއި ނަރުދަމާގެ ޚިދުމަތަށް ބޭނުންވާ އިންވެސްޓުމަންޓުތަކާއި މިހާރު އަތޮޅުތަކުގައި ކުރިއަށް ގެންދާ ނަރުދަމާގެ މަޝްރޫއުތައް އަވަސްކުރުމުގެ އިތުރުން، ކުންފުނިން އުފައްދާ ބައެއް ސާމާނުގެ ވިޔަފާރި ފުޅާ ކުރުން ހިމެނޭ ކަމަށް ބުނެފައިވެ އެވެ.