Last Updated: July 19, 11:46
Saturday, July 19, 2025
ކުޅިވަރު

އެމެރިކާ ލީގުގެ މޮޅު ކުޅުންތެރިޔަކީ މެސީ

އެމެރިކާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު އިންޓަ މަޔާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާ ފޯވާޑް، ލިއޮނަލް މެސީ އަށް ލިބިއްޖެ އެވެ.

މި މަގާމު ހޮވަނީ ލީގުގެ ކުޅުންތެރިންނާއި ކްލަބުތަކުގެ ޓެކްނިކަލް ސްޓާފުންގެ އިތުރުން ނޫސްވެރިންގެ ވޯޓުންނެވެ. އެގޮތުން މެސީ ވަނީ ވޯޓުގެ 38 ޕަސެންޓް ހޯދާފަ އެވެ. ދެވަނަ އަށް ދިޔަ ކޮލޮމްބޯ ކްރޫގެ ކުޗޯ ހެނާންޑޭޒަށް ލިބުނީ 33 ޕަސެންޓް ވޯޓެވެ.

އިންޓަ މަޔާމީގެ ތާރީހުގައި އެ ކްލަބަށް ފުރަތަމަ ފަހަރަށް ލީގު ހޯދައިދިނުމުގައި މެސީ ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އެގޮތުން މެސީ ވަނީ 20 ގޯލު ކާމިޔާބުކޮށް 16 އެސިސްޓް ހަދައިފަ އެވެ.

އުމުރުން 37 އަހަރުގެ މެސީ މި މަގާމު ހޯދިއިރު، އަނިޔާގެ ސަބަބުން އޭނާ އަށް ލީގުގައި ކުޅެވުނީ 19 މެޗެވެ.