Last Updated: June 10, 09:34
Wednesday, June 10, 2026
ޚަބަރު

އެމްއައިބީގެ ސާވިސް ސެންޓަރެއް ދިއްދު އަށް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ސާވިސް ސެންޓަރެއް ހއ. ދިއްދޫގައި ހުޅުވައިފި އެވެ.

އެތަން ރަސްމީކޮށް ހުޅުވައިދެއްވީ އެމްއައިބީގެ އެމްޑީ މުފައްދަލް އިދުރީސް ކުމްރީ އާއި ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދާއި ނައިބު ރައީސް އަބްދުﷲ ވަހީދެވެ.

އެމްއައިބީން ބުނީ ދިއްދޫގައި ހުޅުވި ސާވިސް ސެންޓަރުން ބޭންކުން ލިބޭ ހުރިހާ ހިދުމަތްތަކެއް ލިބުމުގެ އިތުރުން އޭޓީއެމުން 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށެވެ.

އެމްއައިބީން ދިއްދޫގައި ހުޅުވި ސާވިސް ސެންޓަރަކީ ހދ. ކުޅުދުއްފުށި ފިޔަވައި އެމްއައިބީން އުތުރުގެ ރަށެއްގައި ހުޅުވި ހަމަ އެކަނި ސާވިސް ސެންޓަރެވެ. އެ ބޭންކުގެ ހިދުމަތް ހއ. އަތޮޅު، ހދ. އަތޮޅު، ބ. އަތޮޅު، ކ. އަތޮޅު، ދ. އަތޮޅު، ގއ. އަތޮޅު، ގދ. އަތޮޅު އަދި ފުވައްމުލަކާއި އައްޑޫ ސިޓީން ލިބެ އެވެ.

އެމްއައިބީން އަންނަނީ އެ ބޭންކުގެ ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.