ތައިލޭންޑަށް ރާއްޖެ އިން އައްޔަން ކުރަން ނިންމާފައިވާ އިލެކްޝަން ކޮމިޝަން އީސީ) ކުރީގެ ރައީސް ފުއާދު ތައުފީގު ފޮރިން މިނިސްޓްރީގެ މަގާމަކަށް ވަގުތީ ގޮތުން އައްޔަންކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި މިދިޔަ މަހުގެ ފަހުކޮޅު 24 ގައި އޭނަ އައްޔަންކުރީ އެ މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މާގަމަށެވެ. އެހެންވެ އެ ވަޒީފާއަށް ފުވާދު މިހާރު ގެންދަވަނީ ނުކުންނަވަމުންނެވެ.
އީސީގެ މެންބަރުކަން ދެ ދައުރަކަށް އަދާކުރެއްވުމާ ގުޅިގެން އޭނަގެ ދައުރު ހަމަވީ މިދިޔަ މަހުގެ 23 ގަ އެވެ.
ތައިލޭންޑަށް ރާއްޖެ އިން ކަނޑައަޅާ ސަފީރުގެ މަގާމަށް ފުއާދު އައްޔަންކުރަން ނިންމަވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އޭނަގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިދިޔަ މަހުގެ 25 ގަ އެވެ. އަދި ފުއާދަށް ރުހުން ދޭން މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ފާސްކުރީ މި މަހުގެ 3 ގަ އެވެ.