Last Updated: July 16, 18:01
Thursday, July 16, 2026
މުނިފޫހިފިލުވުން

ސަނީގެ "ޖާޓް" ގެ ޓީޒާގައި ވަރުގަދަ ތަޅާފޮޅުންތަކެއް

ބޮލީވުޑްގެ އެކްޓަރު ސަނީ ޑިއޯލްގެ އާ ފިލްމު "ޖާޓް" ގެ ޓީޒާއެއް ދައްކާލައިފި އެވެ.

އޭނަގެ ސިގްނޭޗާ ސްޓައިލްގައި ވަރުގަދަ އެކްޝަން ރޯލަކުން ފެންނާނެ މި ފިލްމުގެ ޓީޒާ އިން ވެސް ވަނީ ނޭވާ ހިފައްޓާލަން ޖެހޭ ފަދަ އެކްޝަން މަންޒަރުތަކެއް ދައްކާލައިގަ އެވެ.

އަންނަ އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ޖާޓް" އަކީ ކުޅަދާނަ ތެލެގޫ ޑައިރެކްޓަރު ގޯޕީޗަންދު މަލިލޭނީ ޑައިރެކްޓްކޮށްފައިވާ އެކްޝަން ތުރިލާއެކެވެ. ސަނީއާ އެކީ ފިލްމުން ފެންނާނެ ކާސްޓުންގެ ތެރޭގައ ރަންދީޕް ހޫޑާ، ސައްޔާމީ ކޭރް. ވިނީތު ކުމާރު ސިންގް، ރެޖީނާ ކެސަންޑްރާ އަދި އުޕެންދުރަ ލިމާޔޭ ހިމެނެ އެވެ.

ޖުމްލަ 100 ކްރޯޑް ރުޕީސް (12 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ "ޖާޓް" ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. އެކަމަކު އަދި ސީދާ ވަކި ތާރީހެއް ނުނިންމަ އެވެ.

ބޮލީވުޑްގެ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ގަދަރު 2" ގެ ބަތަލު ސަނީ، 67، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ލާހޯރް، 1947" އާއި "ބޯޑާ 2" އަދި "ރާމާޔަން" ހިމެނެ އެވެ.