Last Updated: July 26, 11:51
Sunday, July 26, 2026
ޚަބަރު

އިންވެސްޓަރުންނަށް ލައިސަންސް ދޫކުރަން ފަށައިފި

ބޭރުގެ އިންވެސްޓަރުންނަށް ލައިސަންސް ދޫކުރަން ފަށައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ފޮރިން އިންވެސްޓްމަންޓްގެ އާ ގާނޫނުގެ ދަށުން ރާއްޖޭގައި އިންވެސްޓް ކުރެވޭނީ އެ މިނިސްޓްރީން ދޫކުރާ ލައިސަންސް ލިބިގެން ކަމަށެވެ.

އެހެންވެ އިންވެސްޓްމަންޓް ލައިސަންސް ހޯދުމަށް ފަސް މަރުހަލާއެއް ކަނޑައަޅާފައިވާ ކަމަށާއި އެއީ އިންވެސްޓް ކުރަން އެދި ހުށަހެޅުމާއި، ޝަރުތު ފުރިހަމަވާ ފަރާތްތަކަށް އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ދޫކުރުމާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމާއި، ލައިސަންސް ދޫކުރުމާއި އަދި އެއްބަސްވުމުގައި ސޮއިކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.

މިއީ 45 އަހަރު ފަހުން އަލަށް އެކުލަވާލި ގާނޫނެކެވެ.

މި ގާނޫނުގެ ސަބަބުން އިންވެސްޓަރުން ރާއްޖެއަ ށް ކުރާ އިތުބާރު އިތުރުވެ، ބޭންކްތަކުންނާއި މާލީ އިދާރާތަކުން ފައިސާގެ އެހީ ލިބުމަށް އިތުރަށް މަގުފަހިވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.