Last Updated: June 10, 09:34
Wednesday, June 10, 2026
ޚަބަރު

ހިތަދޫގައި ފެރީ ޓާމިނަލެއް އަޅަން މަޝްވަރާކޮށްފި

އައްޑޫ ހިތަދޫ ބަނދަރުމަތީގައި ފެރީ ޓާމިނަލެއް އެޅުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާކޮށްފައި ވަނީ އައްޑޫގެ ކައުންސިލަރުންތަކެއް މާލެ އަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ޓްރާންސްޕޯޓް މިނިސްޓްރީއާ އެކީ ބޭއްވި ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގައި ކައުލްސިލްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދާއި ހިތަދޫ ރަސްގެދަރި ދާއިރާގެ ކައުންސިލަރު ހުސައިން ޒަރީރެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއާ އެކީ އެ ބޭފުޅުން ބޭއްވި ބައްދަލުވުމުގައި ހިތަދޫ ބަނދަގައި ފެރީ ޓާމިނަލެއް ނެތުމުން ދިމާވާ ދަތިތަކާއި އެކަމަށް އާންމުން ވަރަށް ބޭނުންވާކަން ފާހަގަކުރައްވާފައިވެ އެވެ.

ހިތަދޫ ބަނދަރު މަތީގައި ފެރީ ޓާމިނަލެއް އެޅުމުގެ ވާހަކަ ކައުންސިލުން ތަކުރާރުކޮށް ދައްކާފައިވާ އިރު، އެކަން މިހާތަނަށްވެފައި ނެތުމުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ކައުންސިލަށް އަމާޒުވެފައިވެ އެވެ.