Last Updated: May 14, 20:54
Wednesday, May 14, 2025
ޚަބަރު

ދާންދޫން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ގއ. ދާންދޫ ފަޅު ގެއަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

މަރުވެފައި އޮއްވައި ފެނުނީ އެ ރަށު ނަގަހެލަ، އަހުމަދު އަބްދުﷲ ޑޭބީ)، 33، އެވެ.

އޭނަ މަރުވެފައި އޮއްވައި ފެނުނީ މިއަދު ހެނދުނު 8:30 އެހާކަށްހާ އިރު އެވެ. ޑޭބީގެ ހަށިގަނޑު ފެނުނީ ހަށިގަނޑު އޮތް ގެ ކައިރިން ދިޔަ ބަޔަކަށެވެ. އެ ހިސާބުން ފުލުހުންނަށް ރިޕޯޓްކުރީ އެވެ.

މި ހާދިސާއާ ގުޅިގެން ޑޭބީގެ ހަށިގަނޑު ފެނުނު ގެ ހުރި ސަރަހައްދު ބަންދުކޮށް މިކަމާ ގުޅޭ ގޮތުން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.

ޑޭބީގެ ހަށިގަނޑު މިހާރު އޮތީ ދާންދޫ ސިއްހީ މަރުކަޒުގަ އެވެ. އޭނަ އަކީ ދާންދޫ ފެނަކައިގައި މަސައްކަތް ކުރަމުން އައި މީހެކެވެ.