Last Updated: May 14, 20:54
Wednesday, May 14, 2025
ޚަބަރު

ރާއްޖެ ބަނގުރޫޓްވުމުގެ ބިރެއް މިހާރަކު ނެތް: އަޒާން

ރާއްޖެ ބަނގުރޫޓްވުމުގެ ބިރެއް މިހާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހަ މަސް ދުވަހުގެ ތެރޭގައި ކުރި މަސައްކަތަުން ބަނގަރޫޓުވުމުގެ ބިރެއް މިހާރަކު ނެތް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ރައްޔިތުން އެދޭ ހެޔޮ ބަދަލު އަންނަ އަހަރު ފެނިގެން ދާނެ." އަޒާން ވިދާޅުވި އެވެ.

އޭމަ ވިދާޅުބީ ޢެމްޑީޕީގެ ވެރިކަން ނިންމާލިއިރު ދެ ހަފްތާގެ އިމްޕޯޓަށް ބޭނުންވާ ވަރަށް ވެސް ރިޒާވގައި ފައިސާއެއް ވެސް ނެތް ކަމަށެވެ. އަދި އޮތީ ގައުމު ބަނގުރޫޓްކޮށްފައި ކަމަށް ވިދާޅުވި އެވެ.

މޫޑީސް އިންވެސްޓާސް ސާވިސަސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ2 ގައި ދަމަހައްޓާފައިވާ އިރު، މިދިޔަ ހަފުތާގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވެސް ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވީ ބޭރުގެ މާލީ އިދާރާތަކުން މިހާރު ރާއްޖެ ބަނގުރޫޓްވުމުގެ ވާހަކައެއް ނުދައްކާ ކަމަށާއި ސަރުކާރުން އެޅި މުހިއްމު ފިޔަވަޅުތަކަކާ ގުޅިގެން ރާއްޖޭގެ އިގުތިސާދީ ހާލަތު މިހާރު އޮތީ ރަނގަޅަށް ކަމަށެވެ.

ޒަމީރު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދަރަނީގެ ގޮތުގައި 124 ބިލިއަން ރުފިޔާ އޮތް ކަމަށެވެ. އޭގެތެރެއިން ދެބައިކުޅަ އެއް ބަޔަކީ ކުރީ ސަރުކާރުގެ ދަރަނި ކަމަށް ވިދާޅުވި އެވެ. އެވެ. ޒަމީރު ވިދާޅުވީ ދައުލަތުގެ އާމްދަނީގެ 24 ޕަސެންޓް ދަރަނި ދެއްކުމަށް ހޭދަކުރަންޖެހޭ ކަމަށާއި ސަރުކާރުގެ މަސައްކަތުން ބަޖެޓް ފޯމިއުލޭޓްކޮށް ދަރަނީގެ މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ދައުލަތުގެ ރެވެނިއު ރަނގަޅުކޮށް ހަރަދުތައް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ ރާއްޖެ ދަރަނިތަކުން ސަލާމަތް ކުރުމަށް ރައިސް ހުންނެވީ ވަރަށް ރަނގަޅަށް ޕްލޭން ކުރައްވައިގެން ކަމަށާއި ސަރުކާރުގެ ފުރަތަމަ އަހަރު ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.