Last Updated: May 14, 20:54
Wednesday, May 14, 2025
ޚަބަރު

މިރެއަކީ އެސްޓީއޯ ދެކުނު ބޮޑު ބާޒާރުގެ ފަހު ރޭ

އެސްޓީއޯ އިން އައްޑޫގައި ކުރިއަށްގެންދާ "ދެކުނު ބޮޑު ބާޒާރު" މިރޭ ނިމޭނެ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް އިންތިޒާމުކޮށްގެން އައްޑޫގައި ހުންނަ އެސްޓީއޯގެ ބްރާންޗްތަކާ އެކީ މި ބާޒާރު ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މި ބާޒާރު ކުރިއަށްދަނީ އައްޑޫ ހައި ސްކޫލްގަ އެެވެ.

މި ސޭލް މިރޭ ކުރިއަށްދާނީ 8 އިން 11 ޖެހުމާ ހަމައަށް ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

އެސްޓީއޯ އިން ބުނީ މި ބާޒާރުގައި އަގުހެޔޮކޮށް ވަރަށް ގިނަ ބާވަތްތަކުގެ ތަކެތި ގަންނަން ލިބޭނެ ކަމަށެވެ. އެގޮތުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް ބުންޏެވެ.

މި ބާޒާރުގެ ތެރެއިން 500ރ. އިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދިނުމަށް ހަމަޖެހިފައިވާއިރު، މި ބާޒާރު ނިމުމުން ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް ބޮޑު އިނާމެއް ދިނުމަށް ވަނީ ނިންމާފަ އެވެ.