Last Updated: June 28, 06:07
Sunday, June 28, 2026
ޚަބަރު

އީދު ސައި ޒިކުރާ މިސްކިތުގައި!

ޒިކްރާ ފައުންޑޭޝަނުން ބޭއްވި މާހެފުމުގެ ތެރެއިން.

މާދަމާގެ އީދު ނަމާދަށް ފަހު ހެނދުނުގެ ހާއްސަ ސައި ފޮދެއް ޒިކުރާ ފައުންޑޭޝަންގެ ފަރާތުން ބާއްވަން ނިންފައިއެވެ.

ޒިކްރާ ފައުންޑެޝަންގެ އިސް އޮފިޝަލަކު މިރޭ "އައްޑޫލައިވް"އަށް ވިދާޅުވީ ޒިކްރާ މިސްކިތުގައި (ވިޔަފާރިވެރިންގެ މިސްކިތް) މާދަމާ ހެނދުނު ބާއްވާ ސައި ފޮދަށް އިންސާފު ކުރުމަށް ވީހާވެސް ގިނަ ފަރާތްތަކަށް ދައުވަތު އަރުވާ ކަމަށެވެ.

ޒިކުރާ ފައުންޑޭޝަނުން ވަނީ މިއަހަރުގެ ރަމަޟާން މަހަށް ހިތަދޫގެ ދެ މިސްކިތެއް މަރާމާތު ކުރުމަށްފަހު ހާއްސަ މާހެފުމެއްވެސް ބާއްވާފައެވެ.

މާދަމާ ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ހިތަދޫ ނޫރުލް އިސްލާމް އާއި، ހިރާ ސްކޫލް އަދި ކައުންސިލުން އަންނަނީ އައްޑޫ ސްޓޭޑިއަމް ތައްޔާރު ކުރަމުންނެވެ.