Last Updated: May 14, 20:54
Wednesday, May 14, 2025
ޚަބަރު

އެމްއެމްއޭގެ ބޯޑުން ދެ ބޭފުޅަކު ވަކިކޮށްފި

އެމްއެމްއޭގެ ބޯޑުގައި މި ވަގުތު ޕްރައިވެޓް ސެކްޓާ ތަމްސީލްކުރައްވާ ދެ ބޭފުޅަކު މަގާމުން ވަކިކޮށްފި އެވެ.

އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑުގައި ޕްރައިވެޓް ސެކްޓާ ތަމްސީލްކުރައްވަނީ އައްސަދު އަލީ އަދި މުހައްމަދު ޝަހުދީ އަންވަރެވެ. މި ދެ ބޭފުޅުން މަގާމުން ވަކިކުރި ސަބަބެއް އެމްއެމްއޭ އިން ހާމަކޮށްފައެއް ނުވެ އެވެ.

އައްސަދަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އެވެ. ޝަހުދީ އަންވަރަކީ މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޗެއާމަންއެވެ.

އެމްއެމްއޭގެ ބޯޑުގައި، ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ ދެ މެމްބަރަކު ތިބެން ޖެހޭއިރު، އެ މެމްބަރުން އައްޔަނުކުރާނީ އެމްއެމްއޭގެ ގަވަރުނަރުގެ ލަފާގެ މަތިން، ރައީސުލްޖުމްހޫރިއްޔާ އެވެ.

އެމްއެމްއޭގެ ބޯޑުގައި މެމްބަރުން ތިއްބަވާނީ ފަސް އަހަރުގެ ދައުރަކަށެވެ.