Last Updated: May 12, 17:04
Monday, May 12, 2025
ޚަބަރު

ރައީސް ތޮއްޑު އަށް ވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. ތޮއްޑު އަށް ވަޑައިގެންފި އެވެ.

ސަރުކާރުގެ އިސް ވަފުދަކާ އެކީ މިއަދު ހެނދުނު އެ މަނިކުފާނު މިއަދު ހެނދުނު މޯލްޑިވިއަންގެ ސީޕްލޭނެއްގައި ތޮއްޑު އަށް ވަޑައިގަތުމުން ރަށުން ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ

މި ދަތުރުގައި ރައީސް ތޮއްޑޫ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން އާންމު ރައްޔިތުންނާ ވެސް ބައްދަލުކުރައްވާނެ އެވެ.

އއ. އަތޮޅަށް ރައީސް މިއަދު ފެއްޓެވި ދަތުރުގެ ތެރެއިން ތޮއްޑޫގެ އިތުރުން އެ އަތޮޅުގެ އިތުރު ދެ ރަށަކަަށް ވެސް ވަޑައިގަންނަވާނެ އެެވެ. އެއީ ރަަސްދު އާއި މަތިވެރި އެވެ.

އއ. އަތޮޅު ދަތުރަށް ފަހު މާދަމާ ރައީސް ކ. އަތޮޅުގެ ބައެއް ރަށްތަކަށް ވެސް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެ އެވެ.

ރައީސް ވެރިކަމަށް ވަޑައިގަތް ފަހުން މިހާތަނަށް ވަރަށް ގިނަ ރަށްރަަށަށް ވަޑައިގެން ކައުންސިލްތަކާ ބައްދަލު ކުރައްވާފައިިވެ އެވެ. އެގޮތުން މިހާތަނަށް 169 ކައުންސިލަކާ ރައީސް ބައްދަލު ކުރައްވާފައިވެ އެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރައްވައި އަތޮޅުތަކާއި ރަށްތަކަށް ވަޑައިގަތުމަށް މިއަހަރު ފަށްޓަވައިގެން ކުރިއަށް ގެންދަވާ ސިލްސިލާ ދަތުރުގައި ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި ތަރައްޤީގެ މަޝްރޫޢުތައް ތަރުތީބު ކުރާނޭ ގޮތާ މެދު ރައްޔިތުންނާ މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. އެގޮތުން އަމާޒަކީ، މި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތް ކުރެއްވުން ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.