Last Updated: July 26, 10:40
Sunday, July 26, 2026
ޚަބަރު

އާދަމް ޝަރީފުގެ އަގުވަޒަންކޮށްފި

މާފަންނު މަދަރުސާގެ އެސިސްޓަންޓަން ޕްރިންސިޕަލްކަން ކުރައްވާފައިވާތީ އިދާރީ ދާއިރާތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފގެ ޚިދުމަތް އެ ސްކޫލުން ފާހަގަކޮށް ހަނދާނީފިލައެއް އަރުވައިފި އެވެ.

އެ ހަނދާނީފިލާ އެރުވީ މާދަން މާފަންނު މަދަރުސާ އަށް 40 އަހަރު ފުރުން ފާހަގަކުރަން އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގަ އެވެ. މިނިސްޓަރާ ހަނދާނީފިލާ ހަވާލުކޮށް ދެއްވީ އެ ރަސްމިއްޔާތު ޝަރަފވެރިކޮށް ދެއްވި ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

އާދަމް ޝަރީފަކީ މާފަންނު މަދަރުސާގެ އެސިސްޓެންޓް ޕްރިންސިޕަލްކަން ފަސް އަހަރު ކުރައްވާފައިވާ ބޭފުޅެކެވެ. އެހެންވެ ހަނދާނީފިލާ އެރުވީ އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

މަޖިލިސް މެންބަރުން ވެސް ކުރެއްވި އާދަމް ޝަރީފު ސިޔާސީ ދާއިރާ އަށް ނުކުންނެވި ފަހުން ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވެ އެވެ.